ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1430  

ސިސިލްފަރު ގުރޫޕާއި އަތަމާ ގުރޫޕްގެ ޙައްޖުވެރިން މަދީނާގައި

14 ނޮވެމްބަރ 2009

ޚަބަރު : ނޫރުލްއިސްލާމް


 

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން ސިސިލްފަރު ގުރޫޕާއި އަތަމާ ގުރޫޕްގެ ޙަވާލުގައި ދިޔަ ޙައްޖުވެރިން މަދީނާއަށް ޒިޔާރަތް ކުރަމުން އެބަ ގެންދެއެވެ. މި ދެގުރޫޕްގެ ޙައްޖުވެރިން މަދީނާއަށް ގޮސްފައިވަނީ މިމަހުގެ 13 ވީ ހުކުރު ދުވަހުގެ ހަވީރުގައެވެ.

ނޫރުލްއިސްލާމް އަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ސިސިލްފަރު ގުރޫޕްގެ ޙައްޖާޖީން މަދީނާއިން އެނބުރި މައްކާއަށް ދިޔުމަށް ހަމަޖެހިފައިވަނީ މާދަމާ ( 15 ނޮވެމްބަރު 2009 ވާ އާދީއްތަ ދުވަހުގަ)އެވެ.

މީގެ އިތުރުން މިމަހުގެ 10 ވީ އަންގާރަ ދުވަހު މަދީނާއަށް ދިޔަ ޒައީ ގުރޫޕްގެ ޙައްޖުވެރިން އިއްޔެ (13 ނޮވެމްބަރ ވީ ހުކުރު ދުވަހު) މެންދުރުފަހު 2:30 ހާއިރު ވަނީ މައްކާއަށް ދިޔުމަށް ފުރާފައެވެ.

މިހާތަނަށް މަދީނާއަށް ޒިޔާރަތް ކޮށްފައިވަނީ، އަލްޚައިރު، އައްޞަފާ، އަލްމަނާސިކް އަދި ޒަޢީ ގުރޫޕްގެ ޙައްޖުވެރިންނެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ބޭފުޅުންވެސް މިވަގުތު ތިއްބެވީ މަދީނާގައިކަމަށް ނޫރުލްއިސްލާމް ޓީމަށް ވަނީ ޚަބަރުލިބިފައެވެ.

14 ނޮވެމްބަރ 2009

 




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 704 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429