ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1430  

އަތަމާ ޙައްޖުވެރިން މަދީނާގައި، ސިސިލްފަރު ގުރޫޕުގެ ޙައްޖުވެރިން މައްކާއަށް ފުރައިފި

15 ނޮވެމްބަރ 2009

ޚަބަރު : ނޫރުލްއިސްލާމް


 

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދިޔަ ޙައްޖުވެރިންގެ ތެރެއިން އެންމެ ފަހުން މަދީނާއަށް ޒިޔާރަތްކުރި ސިސިލްފަރު ގުރޫޕާއި އަތަމާ ގުރޫޕްގެ ޙައްޖުވެރިންގެ ތެރެއިން ސިސިލްފަރު ގުރޫޕްގެ ޙައްޖުވެރިން މިއަދު މަދީނާއިން މައްކާއަށް ދިޔުމަށް ފުރައިފިއެވެ.

މިއަދު މެންދުރުފަހު 2:30 ގައި މަދީނާއިން މައްކާއަށް ދިޔުމަށް ފުރި ސިސިލްފަރު ގުރޫޕްގެ ޙައްޖުވެރިންނަށް މައްކާއަށް ދެވޭނެ ކަމަށް ލަފާ ކުރެވެނީ މިރޭ ޢިޝާނަމާދުގެ ފަސް ވަގުތެއްގައި ކަމަށް ސިސިލްފަރު ގުރޫޕްގެ އިސްވެރިޔާ މުޙައްމަދު ޔޫސުފް ވިދާޅުވިއެވެ.

ސިސިލްފަރު ގުރޫޕާއެކު މަދީނާއަށް ދިޔަ އަތަމާ ގުރޫޕްގެ ޙައްޖުވެރިން މައްކާއަށް ފުރާނީ މާދަމާ (16 ނޮވެމްބަރ 2009 ވާ ހޯމަ ދުވަހު ކަމަށް ނޫރުލްއިސްލާމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޙައްޖު މިޝަންގެ ބޭފުޅުންވެސް ދަތުރު ނިންމެވުމަށްފަހު މިއަދު މައްކާއަށް ވަޑައިގެންފައިވާކަމަށް ނޫރުލްއިސްލާމް ޓީމަށް ވަނީ ޚަބަރުލިބިފައެވެ.

15 ނޮވެމްބަރ 2009

 

 




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 739 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429