ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1430  

އަމީރުލްޙައްޖު، ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ މިއަދު މަދީނާއަށް

19 ނޮވެމްބަރ 2009

ޚަބަރު : ނޫރުލްއިސްލާމް


 

19 ނޮވެމްބަރ 2009 - މަދީނާ:

1430 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް އައި މީހުންގެ އަމީރެއްގެ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ވަޑައިގެންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މަދީނާއަށް ވަޑައިގަންނަވާނެކަމަށް ނޫރުލްއިސްލާމަށް ޚަބަރު ލިބިއްޖެއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި މައްކާއިން މަދީނާއަށް ދަތުރު ފައްޓަވާފައިވާކަމަށާއި، މެންދުރު ފަހު 1 ޖަހާކަށްހާއިރު މަދީނާއަށް ވަޑައިގެންނެވޭ ވަރުވާނެ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ގެ އަރިހުގައި ސުޢޫދީޢަރަބިއްޔާގައި ހުންނަ ދިވެހި އެމްބެސީގެ ބޭފުޅުންނާއި ދިވެހި ޙައްޖު މިޝަންގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

އަދި މިއަދު ހަވީރުގެ ވަގުތެއްގައި މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ދިވެހި ދަރިވަރުންނާއި މިނިސްޓަރ ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ ބައްދަލު ކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ.

 




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 761 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429