ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1430  

މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް މަދީނާގައި ތިބޭ ދިވެހި ކިޔަވައި ކުދިންނާ ބައްދަލުކުރައްވައިފި

20 ނޮވެމްބަރ 2009

ޙަބަރު : ނޫރުލްއިސްލާމް


 

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން މައްކާ އަށް އައި ޙައްޖާޖީންގެ އަމީރުގެ ގޮތުގައި ވަޑައިގެންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ މަދީނާގައި ތިބޭ ދިވެހި ކިޔަވާ ކުދިންނާ ބައްދަލަކުރައްވައިފިއެވެ. ބައްދަލުކުރެއްވުން އޮތީ 19 ނޮވެމްބަރު 2009 ވީ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 ގައި މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގައެވެ. ބައްދަލުވުމުގައި މިނސްޓަރުގެ އަރިހުގައި ސަޢުދީޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ދިވެހި އެމްބަސީގެ މުސްތަޝާރު އަލްއުސްތާޛު އާދަމް މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ކިޔެވުމުގެ ކަންތައްތަކަށް ދޭންޖެހޭ އަހައްމިއްޔަތު ކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ޢަރަބި ބަހަށް މޮޅުވުމަށް މަސައްކަތް ކުރުމާއި އަދުގެ ދުނިޔޭގެ މަސްރަހާބެހޭ މައުލުމާތު ކޮންމެ ކުއްޖަކަށްވެސް އެނގެންޖެހުމުގެ  މުހިއްމުކަމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.

މީގެއިތުރުން ދިވެހިރާއްޖެއަށް ކުރިމަތިވަމުން އަންނަ ތަފާތު ގޮންޖެހުންތަކާއި ޚާއްޞަކޮށް އިސްލާމްދީނާ ބެހޭގޮތުން ކުރިމަތިވަމުންއަންނަ ކަންތައްތައް ފާހަގަ ކުރެއްވިއެވެ.

އަލްއުސްތާޛް އާދަމް މޫސާ ދެއްކެވި ވާހަކަ ފުޅުގައި ކިޔެވުމުގައި ލިބިފައިވާ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި ޢަރަބި ބަހާއި އެހެނިހެން ޘަޤާފަތްތަކަށް ލޮހުޅުވުމުގެ މުޙިއްމުކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ދިވެހި ކިޔަވާ ކުދިންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުމުގައި އެމްބަސީން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކުދިން ކުރެއްވި ސުވާލުތަކަށް ދެބޭފުޅުން ޖަވާބުދެއްވިއެވެ. މިގޮތުން މަދީނާގައި ދިވެހި ކިޔަވާކުދިންނާއި ޙައްޖުވެރިންނަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް އެމްބސިގެ ފަރާތުން ބޭފުޅަކު އައްޔަންކުރުމަށްވެސް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ބައްދަލުވުން ނިމުނީ ހަވީރު 5:15 ގައެވެ.

ޚަބަރު: ނޫރުލްއިސްލާމް




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 770 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429