ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1430  

އަމީރުލްޙައްޖު ދިވެހި ޙައްޖުވެރިންގެ ޙާލުއަޙުވާލު ބައްލަވާލައްވައިފި

23 ނޮވެމްބަރ 2009

ޚަބަރު : ނޫރުލްއިސްލާމް


23 ނޮވެމްބަރު 2009

މައްކާ

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައިސްފައިވާ ދިވެހި ޙައްޖުވެރިންގެ އިސްބޭފުޅެއްގެ ގޮތުގައި ދިވެހި ސަރުކާރުގެ ފަރާތުން ވަޑައިގެންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ ދިވެހި ހައްޖުވެރިންގެ ޙާލުއަޙުވާލު ބައްލަވާލައްވައިފިއެވެ.

މިގޮތުން އަމީރުލްޙައްޖު، މިނިސްޓަރ ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވަނީ އިއްޔެ (22 ނޮވެމްބަރު 2009 ވީ  އާދީއްތަދުވަހު) ހަވީރު ދެގުރޫޕެއްގެ ޙައްޖުވެރިން ތިބޭ ހޮޓަލަށް ޒިޔާރަތްކުރައްވައި ޙައްޖުވެރިންގެ ޙާލުއަޙުވާލު ބައްލަވާލައްވާފައެވެ. މިގޮތުން އިއްޔެ އެންމެ ފުރަތަމަ މިނިސްޓަރ ވަޑައިގެންނެވީ އަލްމަނާސިކް ޙައްޖު ޢުމްރާ ގުރޫޕްގެ ޙައްޖުވެރިން ތިބޭ ހޮޓަލަށެވެ.

މި ހޮޓަލަށް ޒިޔާރަތް ކުރައްވައި ޙައްޖުވެރިންގެ ޙާލުއަޙުވާލު ބައްލަވާލައްވައި ގުރޫޕްގެ ޙާޖީންނަށް ދަތިވެފައިވާ ކަންތައް އޮޅުންފިލުއްވިއެވެ. އަދި ސުޢޫދީ ޢަރަބިއްޔާގެ ދިވެހިރާއްޖޭގެ އެމްބެސީ އާއި ދިވެހި ޙައްޖު މިޝަން މެދުވެރިކުރައްވައި ޙާޖީންނަށާއި ގުރޫޕްތަކަށް ދިމާވެފައިވާ ދަތިތައް ޙައްލު ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ގުރޫޕްގެ ވެރިންނަށް ދެއްވިއެވެ. އަދި ޙައްޖުވެރިންގެ ޞިއްޙީ ކަންތައްތަކާމެދު ގުރޫޕްގެ ޑޮކްޓަރާއި މަޝްވަރާކުރައްވައި ގުރޫޕްތަކުން ސިއްހީ ކަންތައްތަކުގައި އިސްލާހު ކުރަންޖެހޭ ކަންތައްތައް ފާހަނގަ ކުރައްވައި އެކަމާމެދު މަޝްވަރާ ކުރެއްވިއެވެ.

އަލްމަނާސިކް ގުރޫޕަށް ޒިޔާރަތް ކުރައްވުމަށްފަހު މިނިސްޓަރ ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވަޑައިގެންނެވީ ސިސިލްފަރު ގުރޫޕްގެ ޙައްޖުވެރިންގެ ޙާލުއަޙުވާލު ބެއްލެވުމަށެވެ. އެގުރޫޕްގެ ޙައްޖުވެރިންގެ ޙާލުއަޙުވާލު ބައްލަވާލެއްވުމަށްފަހު ގުރޫޕަށް ދިމާވެފައިވާ މައްސަލަތަކާއި ދަތިވެފައިވާ ކަންތައްތައް ގުރޫޕްގެ ފަރާތުން މިނިސްޓަރަށް ދެންނެވިއެވެ. އަދި ޙައްޖުމިޝަންގެ ޙަރަކާތްތަކާއި މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރެއްވުމަށް ދެންނެވިއެވެ. މިކަންތައްތައް ކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ގުރޫޕްގެ ވެރިންނަށް މިނިސްޓަރ ދެއްވިއެވެ.

މީގެ އިތުރުން މިއަދުވެސް ޙާޖީންގެ ޙާލު ބެއްލެވުމަށް ބައެއް ގުރޫޕްތަކަށް މިނިސްޓަރ ވަޑައިގަންނަވާނެކަމަށް ނޫރުލްއިސްލާމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

 




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 755 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429