ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1430  

މިނާއަށް ދިޔުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަދޭ

24 ނޮވެމްބަރ 2009

ޚަބަރު : ނޫރުލްއިސްލާމް


 

24 ނޮވެމްބަރު 2009

މައްކާ

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައިސްތިބި ދިވެހި ޙައްޖާޖީން މާދަމާ މިނާއަށް ދިޔުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އެބަގެންދެއެވެ.

މިގޮތުން މިނާއަށް ޙައްޖުވެރިން ދިޔުމުގެ ކުރިން މިނާގެ ޓެންޓުތަކުގައި ހަމަޖައްސަންޖެހޭ ކަންތައް ހަމަޖެއްސުމާއި މިނާއަށް ޙައްޖުވެރިންނަށް ބޭނުންވާ ބައެއް ތަކެތި ގެންދިޔުމުގެ މަސައްކަތް ގާތްގަނޑަކަށް ހުރިހާ ގުރޫޕަކުންވެސް މިހާރުވަނީ ކޮށްނިންމާފައެވެ.

އަދި ޙައްޖުވެރިންނަށް މިނާގެ ޓެންޓުކާޑުތައް ޙަވާލުކުރުމާއި ޙައްޖަށް ތައްޔާރުވުމުގެ އިރުޝާދުތައް ދަނީ ދެމުންނެވެ.

މީގެ އިތުރުން މިއަހަރު ދިވެހި ޙައްޖުވެރިންގެ އިސްބޭފުޅެއްގެ ގޮތުގައި ދިވެހި ސަރުކާރުން ވަޑައިގެންނެވި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވަނީ ހުރިހާ ގުރޫޕްތަކަށް ޒިޔާރަތް ކުރައްވައި އެ ގުރޫޕްތަކުގެ ޙައްޖުވެރިންގެ ޙާލުއަޙުވާލު ބައްލަވާލައްވާފައެވެ. މިގޮތުން ހޯމަ ދުވަހު މިނިސްޓަރ ވަނީ ސިސިލްފަރު ޙައްޖު ގުރޫޕާއި އަލްމަނާސިކް ގުރޫޕަށް ޒިޔާރަތް ކުރައްވާފައިވެއެވެ. އަދި އިއްޔެ މިނިސްޓަރ ވަނީ އެސްބީޓީ ގުރޫޕްގެ ޙައްޖުވެރިންގެ ޙާލުއަޙުވާލު ބެއްލެވުމަށް އެ ގުރޫޕަށް ޒިޔާރަތް ކުރައްވާފައެވެ.

މީގެ އިތުރުން މިނާގައި ދިވެހިން ތިބުމަށް ހަމަޖެހިފައިވާ ފޭލިގެތައް ބައްލަވާލެއްވުމަށް މިނިސްޓަރ ވަނީ ރޭގެ ވަގުތެއްގައި މިނާއަށް ވަޑައިގެން ފޭލިގެތައް ބައްލަވާލައްވާފައެވެ. އަދި މިނިސްޓަރ ގެ އަރިހުގައި ސަޢުދީޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ މުސްތަޝާރު އަލްއުސްތާޛް އާދަމް މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރު ދިވެހި ޙައްޖު ގުރޫޕްތަކުގެ ތެރެއިން އެސްބީޓީ ގުރޫޕް ފިޔަވައި އެހެން ހުރިހާ ގުރޫޕްތަކެއްގެ ޙައްޖުވެރިން މިނާއާއި ޢަރަފާތުގައި ތިބުމަށް ހަމަޖެހިފައިވަނީ ވަރަށް ކައިރިކައިރީގައި ކަމަށް ގުރޫޕްތަކުން މަޢުލޫމާތު ދެއްވައެވެ.

މިވަގުތު މައްކާގައި ތިބި ދިވެހި ހުރިހާ ހައްޖާޖީންގެ ޙާލު ރަނގަޅުކަމަށް ގުރޫޕްތަކުން މަޢުލޫމާތު ދެއްވައެވެ.

 
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1158 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429