ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1430  

ދިވެހި ޙައްޖުވެރިން ޢަރަފާތުގައި

26 ނޮވެމްބަރ 2009

ޚަބަރު : ނޫރުލްއިސްލާމް


 

25 ނޮވެމްބަރު 2009

1:30 (މެންދުރުފަހު)

ޢަރަފާތް

 

1430 ވަނައަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އައިސްތިބި ޙައްޖުވެރިން މިހާރުވަނީ ޢަރަފާތްބިމުގައެވެ. ހުރިހާ ގުރޫޕްތަކުގެ ޙައްޖުވެރިންވެސް މިހާރުވަނީ މެންދުރުނަމާދާއި ޢަޞްރުނަމާދު ޖަމްޢުކޮށް ޤަޞްރުކޮށް ކޮށްފައެވެ.

ދިވެހި ހައްޖުވެރިންގެ އިސް ވެރިއެއްގެ ގޮތުގައި ސަރުކާރުގެ ފަރާތުން ވަޑައިގެންނެވި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ޙައްޖުވެރިންގެ ޙާލުބެއްލެވުމަށް މިހާރުވަނީ ވަޑައިގެންފައެވެ.

މީގެ އިރުކޮޅެއްކުރިން ސިސިލްފަރު ގުރޫޕްގެ ޓެންޓްގައި ޙައްޖުވެރިންނަށް ނަސޭހަތުގެ ބަސްކޮޅެއް ދެއްވައިފިއެވެ. މިނސްޓަރުގެ ވާހަކަފުޅުގައި އަޅުގަނޑުމެން މި ދުނިޔެއަށް މާތްﷲ ފޮނުއްވެވީ އިޚްލާޞްތެރިކަމާއެކު އެކަލާނގެއަށް އަޅުކަންކުރުމަށްކަމަށް ވިދާޅުވިއެވެ. މިގޮތުން އެންމެވެސް އިޚްލާޞްތެރިމަކާއެކު އެކަލާނގެއަށް އަޅުކަންކުރުންމަތީ ދެމިތިބުމަށް ނަޞޭޙަތްތެރިވެލެއްވިއެވެ.

އަދި މީގެއިތުރުން ތިމާވެށީގެ ގޮތުން ދުނިޔެއަށް ކުރިމަތި ވަމުން އަންނަ ކަންތައްތަކަށް ބައްލަވާލެއްވިއެވެ. މިގޮތުން ދުނިޔެ ހޫނުވުމާއި، ހޫނުވުމުގެ ސަބަބުން ރާއްޖެއަށްވެސް ކަންތައްތަކަށް ކުރިމަތިވަމުން އަންނަކަމަށް ވިދާޅުވިއެވެ. ނަމަވެސް ކޮންމެ ކަމަކީވެސް މާތްﷲގެ ކުޅަދުންވަންތަކަމުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށާއި ސަބަބުތަކުގައި ހިފުމަށްފަހު އެކަލާންގެއަށް ވަކީލުކުރަންޖެހޭނެކަމަށް ވިދާލުވިއެވެ.

މިއަދު ދިވެހި މުޖުތަމަޢުގެތެރޭގައި ފެތުރިފައިވާ ބަލިމަޑުކަމާއީ އިޖްތިމާޢީ މައްސަލަތަކަށް ބައްލަވަމުން ވިދާޅުވީ އަޅުގަނޑުމެން އެންމެސް ގައުމުގެ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރައްވަންޖެހޭނެކަމަށް ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ތެރޭގައި ރިބާކެއުމާއި ފާހިޝް ޢަމަލުތަށް ގިނަވެ އެކަންތައްތައް ހުއްޓުވަން މަސައްކަތް ނުކުރާނަމަ އަޅުގަނޑުމެންގެ ތެރެއަށް ޢާއްމު ކޯފާއެއް އައުމަކީ ކައިރި ކަމެއްކަން ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ދިވެހިރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ ގުޅުއްވައި ދިވެހި އެންމެހައި ޙައްޖާޖީންނަށް ޢީދުގެ ތަޙްނިޔާ ވިދާޅުކިމަށާއި އަދި ހުރިހާ ޙައްޖާޖީންނަށްވެސް މަބުރޫރު ޙައްޖަކަށް އެދިވަޑައިގަންނަވައެވެ.

 

ސިސިލްފަރު ގުރޫޕަށްފަހު، މިނިސްޓަރ މިހާރު ގެންދަވަނީ އެހެން ގުރޫޕްތަކުގެ ޙައްޖުވެރިންނާ ބައްދަލުކުރައްވަމުންނެވެ.
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1130 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429