ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1430  

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާ ދެކޮޅުހެދުމަށް ޢަރަފާތްބިމުގައި އިސްލާމިކް މިނސްޓަރ ގޮވާލައްވައިފި

27 ނޮވެމްބަރ 2009

ޚަބަރު : ނޫރުލްއިސްލާމް


 

27 ނޮވެމްބަރު 2009

 

އަމީރުލް ޙައްޖު މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ އިއްޔެ ޢަރަފާތު ބިމުގައި ދިވެހި ޙައްޖުވެރިންނާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލު ކުރެއްވުމުގައި ޙައްޖުވެރިންނަށް ޚާއްޞަ ތަޤްރީރުތަކެއް ދެއްވިއެވެ. މީގެތެރެއިން އަތަމާ ގުރޫޕްގެ ޙައްޖުވެރިން ތިބި ޓެންޓުގައި ދެއްވި މި ތަޤްރީރުގައި ދިވެހި ރާއްޖޭގެ ދީނީ ޙާލަތަށް އަލިޢަޅުވާލެއްވިއެވެ. މިގޮތުން މުޖުތަމަޢުގެ ތެރޭގައި ރިބާކެއުމާއި ޒިނޭ ފަދަ ފާހިޝް އަމަލުތަށް ޢާއްމުފައިވާކަމާއި މިފަދަ ކަންތައްތައް ހުއްޓުވުމަށް ހުރިހާ ރައްޔިތުންވެސް މަސައްކަތްކުރައްވަން ޖެހޭނެކަމަށް ވިދާޅުވިއެވެ.

ދުނިޔެ ހޫނުވުމާ ބެހޭގޮތުން ވާހަކަ ފުޅު ދައްކަވަމުން މިއަދު މުޅި ދުނިޔެއަށާއި އަޅުގަނޑުމެންގެ ރާއްޖެއަށް ކުރިމަތި ވަމުން އަންނަ ތިމާވެށީގެ ނުރައްކާތަކުން ސަލާމަތްވުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ. ނަމަވެސް އަޅުގަނޑުމެން އެ ޖަޒީރާ ރަށްތަކުގައި ލެއްވެވި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކިބައިން ހަނދާންނައްތާލައިގެން ނުވާނެކަމާއި ހުރިހާ ކަމެއްގައިވެސް ސަބަބުތަކުގައި ހިފެހެއްޓުމާއެކު އެއިލާހަށް ވަކީލުކުރަން ޖެހޭނެކަމަށް ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެންގެ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމަށް ހަދާފައިވާ ޤަވާޢިދާ ދެކޮޅުހެދުމަށް އިލްތިމާސްކުރެއްވިއެވެ. މިއަދު ޑިމޮކްރަސީގެ ތެރެއިން އެންމެ ބާރުގަދަ ބައެއްކަމުގައިވަނީ ރައްޔިތުންކަމަށްވެފައި ރައްޔިތުން އެކަމާ ދެކޮޅުހަދާ އެކަން ރާއްޖޭގައި ވިޔަނުދިނުމަށް މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.

މީގެއިތުރުން ރާއްޖޭގައި ފައްޅިއެޅުމަށް ބޭރުގެ އެކިއެކި ޖަމާޢަތްތަކުން މަސައްކަތްކުރަމުން އަންނަ ކަމަށާއި މިކަމަށް މަސައްކަތް ކުރާ ރާއްޖެއިން ބޭރުގެ ބައެއް މީހުން ސީދާ އެމަނިކުފާނާއި އެޕޮއިންޓްމަންޓް ހަދައިގެން ބައްދަލުކޮށް އެކަމަށް އިހްތިޖާޖް ކުރާކަމަށް ވިދާޅުވިއެވެ. މިފަދަ ގޮންޖެހުންތަކުން ރާއްޖެ ސަލާމަތް ކޮށްދެއްވުންއެދި ޢަރަފާތް ބިމުގައި ދުޢާކުރުމަށް އެންމެހައި ހައްޖާޖީންގެ ކިބައިން އެދިލެއްވިއެވެ.

 




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1059 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429