ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1431  

ޙައްޖުވެރިން މާދަމާ ފުރަންފާށާނެ - މިނިސްޓްރީ

19 އޮކްޓޯބަރ 2010

 :      މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިއުމަށް ހަމަޖެހިފައިވާ ޙާޖީން މާދަމާ (20 އޮކްޓޯބަރ 2010) އިން ފެށިގެން ފުރަން ފަށާނެއެވެ. ޙައްޖަށް ދިއުމަށް ހަމަޖެހިފައިވާ 1402 މީހުން، ފުރާ ނިމޭނީ މި މަހު 29 ވާ ހުކުރު ދުވަހުއެވެ. ޙައްޖަށް މީހުން ގެންދިއުމަށް މި އަހަރު ހުއްދަ ދެވިފައިވަނީ 8 ޖަމާޢަތަކަށެވެ. އެއީ ސިސިލްފަރު ޖަމާޢަތާއި، އަތަމާ ޖަމާޢަތާއި، އައްޞަފާ ޖަމާޢަތާއި، ޒަޢީ ޖަމާޢަތާއި، އަލްމަނާސިކް ޖަމާޢަތައި، އަލްޚައިރު ޖަމާޢަތާއި، މަލީޝާ ޖަމާޢަތާއި، ޔޫ. އެސް. ޖަމާޢަތެވެ. އެއްމެ ފުރަތަމަ ފުރުމަށް ހަމަޖެހިފައިވަނީ މަލީޝާ ޖަމާޢަތުގެ ޙަވާލުގައި ޙައްޖަށްދާ ޙާޖީންގެ ތެރެއިން 45 މީހެކެވެ. މިދިއަ އަހަރު ޙައްޖަށް ގޮސްފައިވަނީ 1142 މީހެކެވެ. އެއީ ހަތް ޖަމާޢަތަކުންނެވެ.
     ސިސިލްފަރު ޖަމާޢަތުގެ ޙަވާލުގައި 250 ޙާޖިން ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު އެ ޖާމާއަތަށް ހުއްދަ ދޫކުރެވިފައިވަނީ ވެސް 250 ޙާޖިން ގެންދިއުމަށެވެ. މި ޖަމާޢަތުގެ ޙާވާލުގައި ދާ ޙާޖީން ފުރުމަށް ހަމަޖެހިފައިވަނީ ދެބުރަކަށެވެ. އެއީ އަންނަ ބުރާސްފަތި ދުވަހު ފުރާ 60 މީހުންނާއި، 24 ވާ އާދިއްތަ ދުވަހު ފުރާ 182 މީހުންނެވެ. އަތަމާ ޖަމާޢަތަށް 230 މީހުންނަށް ހުއްދަދެވިފައިވާއިރު އެޖަމާޢަތުގެ ޙަވާލުގައި 214 މީހުން ޙައްޖަށް ފުރުމަށް ހަމަޖެހިފައިވެއެވެ. މި ގުރޫޕުގެ ޙާޖީން ފުރުމަށް ހަމަޖެހިފައިވަނީ ތިން ދުވަހެއްގެ މަތިންނެވެ. އެއީ މިހިނގާ އޮކްޓޯބަރ މަހުގެ 27 ވާ ބުދަ ދުވަހު ފުރާ 186 ޙަޖީންނާއި، 29 ވާ ހުކުރު ދުވަހު ފުރާ 28 ޙާޖީންނެވެ. އައްޞަފާ ޖަމާޢަތުގެ ޙަވާލުގައި 231 މީހުން ދިއުމަށް ހަމަޖެހިފައިވެއެވެ. މި ޖަމާޢަތަށް ކޯޓާ ދެވިފައިވާ ޢަދަދަކީ 230 އެވެ. މި ގުރޫޕުގެ ޙާޖީން ފުރުމަށް ހަމަޖެހިފައިވަނީ 23 ވާ ހޮނިހިރު ދުވަހުއެވެ. ޒަޢީ ގުރޫޕުގެ ޙަވާލުގައި 200 މީހުން ޙައްޖަށް ގެންދިއުމަށް ކޯޓާ ދެވިފައިވާއިރު މި ޖަމާޢަތުން ޙައްޖަށް ގެންދަނީ ވެސް 200 މީހުންނެވެ. މި ގުރޫޕުގެ ޙަވާލުގައި ދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ މި މަހު 27 ވާ ބުދަ ދުވަހުއެވެ. އަލްމަނާސިކް ޖަމާޢަތަށް 180 މީހުންގެ ކޯޓާ ދޫކުރެވިފައިވާއިރު ޙައްޖަށް ގެންދަނީ 158 މީހުންނެވެ. މިގުރޫޕުގެ ޙާޖީން ފުރުމަށް ހަމަޖެހިފައިވަނީ މި މަހު 23 ވާ ހޮނިހިރު ދުވަހުއެވެ. އަލްޚައިރު ޖަމާޢަތުގެ ޙަވާލުގައި 171 މީހުން ދާއިރު ހުއްދަދެވިފައިވަނީ 170 މީހުންނެވެ. މި ޖަމާޢަތުގެ މީހުން ފުރުމަށް ހަމަޖެހިފައިވަނީ 24 ވާ އާދިއްތަ ދުވަހުއެވެ. މަލީޝާ ޖަމާޢަތުގެ ޙަވާލުގައި ދާ 105 މީހުން ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ފުރާ 45 މީހުންނާއި، އަންނަ ބުރާސްފަތި ދުވަހު ފުރާ 55 މީހުންނެވެ. މިޖަމާޢަތުގެ އެޑްވާސް ގުރޫޕުވަނީ 18 ވީ ހޯމަ ދުވަހު ފުރާފައެވެ. ޔޫ. އެސް. ގުރޫޕުގެ ޙަވާލުގައި ދިއުމަށް ހަމަޖެހިފައިވާ 71 މީހުން ފުރުމަށް ހަމަޖެހިފައިވަނީ 24 ވަނަ ދުވަހުގައާއި، 27 ވަނަ ދުވަހުގައެވެ. މިޖަމާޢަތަށް ހުއްދަދެވިފައިވަނީ 70 މީހުން ގެންދިއުމަށެވެ.މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1209 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429