ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1431  

ސިސިލްފަރާއި އަލްޚައިރުގެ ޙައްޖުވެރިން ޖިއްދާގައި

24 އޮކްޓޯބަރ 2010

 : 


ޖިއްދާ - 25 އޮކްޓޯބަރ 2010 (ހޯމަ)

މައްކާ ގަޑިން 00:15

ޖިއްދާ އެއާޕޯޓުން ސިސިލްފަރު ގުރޫޕްގެ އިސް ބޭފުޅަކު ފޯނުން ނޫރުލްއިސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިރޭ އިރާކޮޅު އައި ދެޖަމާޢަތުގެ މީހުންވެސް މިހާރު ތިބީ މައްކާއަށް ދިޔުމަށްޓަކައި ބަހުގައެވެ.

އެއާޕޯޓުގައި 5 ގަޑިއިރު ހޭދަކުރުމަށްފަހު މިހާރު ދެގުރޫޕްގެ ޙައްޖުވެރިންވެސް ތިބީ ބަހުގައެވެ. ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

 

 

ޖިއްދާ 24 އޮކްޓޯބަރ 2010 (އާދީއްތަ)

ސިސިލްފަރު ގުރޫޕާއި އަލްޚައިރު ގުރޫޕްގެ ޙަވާލުގައި މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް އައި ޙައްޖުވެރިން މިރޭ އިރާކޮޅުގެ ވަގުތެއްގައި ޖިއްދާއަށް އަތުވެއްޖެއެވެ.

ސިސިލްފަރު ގުރޫޕްގެ 178 މީހުންނާއި އަލްޚައިރު ގުރޫޕްގެ 70 އެއްހާ މީހުން މިރޭގެ ފްލައިޓުން ޖިއްދާއަށް އައިސްފައިވެއެވެ.

މިހާތަނަށް ޞަފާ ގުރޫޕާއި އަލްމަނާސިކް ގުރޫޕްގެ ޙައްޖުވެރިން މައްކާއަށް ވަނީ އައިސްފައެވެ.

ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ދިވެހި ހުރިހާ ޙައްޖުވެރިންވެސް މައްކާއަށް އަންނާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

 

 
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1344 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429