ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1431  

މަނާސިކްގެ ޙާޖީން މިއަދު މަދީނާއަށް އަންނާނެ

25 އޮކްޓޯބަރ 2010

ޚަބަރު : ނޫރުލްއިސްލާމް


25 އޮކްޓޯބަރ 2010 (ހޯމަ) މަދީނާ

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އައި ދިވެހި ޙައްޖުވެރިންގެ ތެރެއިން އަލްމަނާސިކް ޙައްޖު ޢުމްރާ ގުރޫޕްގެ ޙަވާލުގައި އައި 158 ޙައްޖުވެރިން މިއަދު މަދީނާއަށް އަންނާނެ ކަމަށް އެ ގުރޫޕުން ބުނެފިއެވެ.

ރޭގެ ވަގުތެއްގައި ނޫރުލްއިސްލާމަށް މަޢުލޫމާތު ދެއްވަމުން މަނާސިކް ގުރޫޕްގެ ޝޭޚް ، ފަޟީލަތުއްޝައިޚް ޢަލީ ޝަރީފް ވިދާޅުވީ މިއަދު ހެނދުނު 8:30 ގައި މައްކާއިން މަދީނާއަށް ދިޔުމަށް ދަތުރު ފައްޓަވާނެކަމަށެވެ.

" ހެނދުނު 8 ގަޑި ބައިގައި އަޅުގަނޑުމެން މައްކާއިން ފުރާނަން، އިރާދަކުރެއްވިއްޔާ. މަދީނާ އަށް ދެވޭނެ ކަމަށް މިބަލަނީ ހަވީރުގެ ވަގުތެއްގައި." އައްޝައިޚް ޢަލީ ޝަރީފް ވިދާޅުވިއެވެ.

މިއަދު ހަވީރު ޙައްޖުވެރިން މަދީނާއަށް އަންނައިރު، ކުރީ އަހަރުތަކެކޭ އެއްފަދައިން، އެބޭފުޅުންގެ އިސްތިޤްބާލުގައި މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ދިވެހި ދަރިވަރުން ޙަރަކާތްތެރިވަމުން ދާނެއެވެ.

މަދީނާއާއި މައްކާއާ ދެމެދު ގާތްގަނޑަކަށް 420 ކިލޯމީޓަރ ދުރުމިން ހުންނައިރު ބަހުގައި މައްކާއިން މަދީނާއަށް ދިޔުމަށް 5 ގަޑިއިރު ވަރު ހޭދަވެއެވެ.

 
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1366 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429