ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1431  

އަލްމަނާސިކް ގުރޫޕްގެ ޙައްޖުވެރިން މަދީނާގައި

25 އޮކްޓޯބަރ 2010

 : 


މަދީނާ : 25 އޮކްޓޯބަރ 2010 (ހޯމަ)

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އަލްމަނާސިކް ގުރޫޕްގެ ޙަވާލުގައި އައި ޙައްޖުވެރިންގެ ތެރެއިން 78 މީހުން މިއަދު ހަވީރު މަދީނާއަށް އަތުވެއްޖެއެވެ.

މިއަދު ހެނދުނު 8:30 ގައި މައްކާއިން މަދީނާއަށް ދަތުރުފެށި މި ޙާޖީންނަށް މަދީނާއަށް ފޯރީ، ހަވީރު 5:15 ގައެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި މައްކާގައި މިވަގުތު ތިބި ޙައްޖުވެރިންގެ ތެރެއިން ޞަފާ ގުރޫޕްގެ ޙައްޖުވެރިން މިމަހުގެ 27 ވާ ބުދަ ދުވަހު މަދީނާއަށް އަންނާނެއެވެ.

ޞަފާ ގުރޫޕުން މަޢުލޫމާތު ދެއްވަމުން އެގުރޫޕްގެ ވެރިޔާ އައްޝައިޚް ނަސީމް ވިދާޅުވީ ގުރޫޕްގެ ހުރިހާ ޙައްޖުވެރިންގެ ޙާލުއަޙުވާލު ރަނގަޅުކަމަށެވެ. މީގެ އިތުރުން ސިސިލްފަރާއި ޚައިރު ޖަމާޢަތުގެ ޙައްޖުވެރިންވެސް މިވަގުތު ތިބީ މައްކާގައެވެ.

 

 

މެންދުރުފަހު 3:15

މައްކާއިން މަދީނާއަށް އައުމަށް ދަތުރު ކުރަމުންދާ އަލްމަނާސިކް ޖަމާޢަތުގެ ޙައްޖުވެރިން މިހާރު ތިބީ މަދީނާއާ 75 ކިލޯމީޓަރ ދުރުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ލަފާކުރެވޭ ގޮތުގައި މި ގުރޫޕްގެ ޙައްޖުވެރިންނަށް މިއަދު ހަވީރު 4:30 ހާއިރު މަދީނާގައި ތިބޭ ހޮޓަލާހަމައަށް އާދެވޭނެއެވެ.

ޙައްޖުވެރިންނަށް މަދީނާއިން އިސްތިޤްބާލުކުރުމަށް މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ބައެއް ދިވެހިން ތިބޭނެކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

 

 

ހެނދުނު 10:45

1431 ވަނައަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް، އަލްމަނާސިކް ޙައްޖު ޢުމްރާ ގުރޫޕްގެ ޙަވާލުގައި މިއަހަރު މައްކާއަށް އައި ޙައްޖުވެރިންގެ ތެރެއިން 78 ޙައްޖުވެރިން މަދީނާއަށް ޒިޔާރަތް ކުރުމަށްޓަކައި މައްކާއިން މަދީނާއަށް ދަތުރު ކުރަމުން އެބަ ގެންދެއެވެ. މިޖަމާޢަތުގެ ޙަވާލުގައި ޙައްޖަށް އައި ޙައްޖުވެރިންގެ ތެރެއިން މިވަގުތު މައްކާގައި ތިބި ޙައްޖުވެރިން މަދީނާއަށް ޒިޔާރަތް ކުރާނީ މިމަހުގެ 28 ވަނަ ދުވަހުގައެވެ.

މިއަދު ހެނދުނު 9 ހާއިރު ފުރި މިޖަމާޢަތުގެ ޙައްޖުވެރިން މިހާރު ތިބީ މަދީނާއާއި 300 ކިލޯމީޓަރު ދުރުގައި ކަމަށް، އެޖަމާޢަތުގެ ޝޭޚް، ފަޟީލަތުއްޝައިޚް ޢަލީ ޝަރީފް ވިދާޅުވިއެވެ.

އަލްމަނާސިކްގެ ޙައްޖުވެރިން މަދީނާއަށް ފޯރާނެކަމަށް ލަފާކުރެވެނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

އިތުރު ތަފްޞީލް އަންނަނީ....

 

 
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1295 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429