ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1431  

ޞަފާ ގުރޫޕްގެ ޙައްޖުވެރިން މަދީނާގައި

27 އޮކްޓޯބަރ 2010

 : 


27 އޮކްޓޯބަރ 2010 (ބުދަ) : މަދީނާ

1431 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައިސްތިބި ދިވެހިންގެ ތެރެއިން އައްޞަފާ ގުރޫޕްގެ ޙަވާލުގައި އައި 230 ޙައްޖުވެރިން މިއަދު ހަވީރުގެ ވަގުތެއްގައި މަދީނާއަށް އަތުވެއްޖެއެވެ.

މިރޭ އިރާކޮޅު އައި މިޙައްޖުވެރިން މަދީނާގައި ތިބޭ ހޮޓަލަށް އައިއިރު މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާދިވެހި ކުދިން އެކުދިންގެ އިސްތިޤްބާލުގައި ތިއްބެވެ.

މި ގުރޫޕްގެ ޙައްޖުވެރިން މާދަމާ މެންދުރުފަހު މަދީނާގެ ބައެއް ތަންތަން ބަލަން ޒިޔާރަތް ކުރާނެއެވެ.

މީގެ އިތުރުން މިއަދު ހެނދުނު މާލެއިން މައްކާއަށް ފުރި، ޒަޢީމާ ގުރޫޕްގެ 200 ޙައްޖުވެރިންނާއި އަތަމާ ގުރޫޕްގެ 186 ޙައްޖުވެރިންނާއި ޔޫއެސް ގުރޫޕްގެ ޙައްޖުވެރިން ވަނީ ޖިއްދާއަށް އައިސްފައެވެ.

މިރޭ 12 ޖެހިއިރު ޙައްޖުވެރިން ވަނީ މައްކާއަށް ދިޔުމަށް ބަހުގައި ދަތުރު ފަށާފައެވެ.

 




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1710 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429