ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1431  

ދިވެހި ޙައްޖުވެރިން މަދީނާގައި

28 އޮކްޓޯބަރ 2010

 : 


މަދީނާ : 28 އޮކްޓޯބަރ 2010 (ބުރާސްފަތި)

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އަލްމަނާސިކް ގުރޫޕްގެ ޙަވާލުގައި އައި ޙައްޖުވެރިންގެ ދެވަނަ ގުރޫޕް މަދީނާއަށް އަތުވެއްޖެއެވެ.

މިއަދު ހަވީރު 5:15 ހާއިރު މަދީނާއަށް އައިސްފައިވަނީ އަލްމަނާސިކްގެ 80 ޙައްޖުވެރިންނެވެ. މި ގުރޫޕްގެ ޙައްޖުވެރިންގެ އިސްތިޤްބާލުގައި މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ބައެއް ދިވެހި ދަރިވަރުން ތިއްބެވިއެވެ.

އަދި މިމަހުގެ 25 ވަނަ ދުވަހު މަދީނާއަށް އައި މިގުރޫޕްގެ 78 ޙައްޖުވެރިންވަނީ މިއަދު މެންދުރުކުރިން އެނބުރި މައްކާއަށް ދިޔުމަށް ފުރާފައެވެ.

މިހާރު މައްކާގައި ތިބި ޞަފާ ގުރޫޕްގެ 230 ޙައްޖުވެރިން ވަނީ މިއަދު މަދީނާގެ ބައެއް ތަންތަނަށް ޒިޔާރަތް ކޮށްފައެވެ. ޙައްޖުވެރިން ޒިޔާރަތް ކޮށްފައިވަނީ އުޙުދުގެ މައިދާނަށާއި ޤުބާ މިސްކިތަށެވެ.

މި ދަތުރުގައި ޙައްޖުވެރިންނަށް އިރުޝާދު ދިނުމުގައި މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ދިވެހި ކުދިންގެ ތެރެއިން 9 ކުއްޖަކު ޙަރަކާތްތެރިވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޞަފާ ގުރޫޕްގެ ޙައްޖުވެރިން މާދަމާ ހުކުރު ނަމާދަށްފަހު މައްކާއަށް ދިޔުމަށް ފުރާނެއެވެ.

އަދި މާދަމާ އަލްޚައިރު ޖަމާޢަތުގެ 30 ޙައްޖުވެރިން މަދީނާއަށް އައުމަށް ހަމަޖެހިފައިވެއެވެ.




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1772 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429