ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1431  

ސިސިލްފަރު ގުރޫޕްގެ ޙައްޖުވެރިން މަދީނާގައި

4 ނޮވެމްބަރ 2010

 : 


 

4 ނޮވެމްބަރު 2010 - މަދީނާ: 1431 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް މިއަހަރު މައްކާއަށް އައި ދިވެހި ހައްޖުވެރިންގެ ތެރެއިން ސިސިލްފަރު ގުރޫޕްގެ ޙަވާލުގައި އައި 250 ޙައްޖުވެރިން އިއްޔެ ހަވީރު މަދީނާއަށް އަތުވެއްޖެއެވެ.

މަދީނާއަށް ސިސިލްފަރު ގުރޫޕްގެ ޙައްޖުވެރިން އައި އިރު އެ ގުރޫޕްގެ އިސްތިޤްބާލުގައި މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ދިވެހި ކިޔަވާކުދިން ތިބިއެވެ.

މިއަދުގެ ވަގުތެއްގައި ސިސިލްފަރު ޖަމާޢަތުގެ ޙައްޖުވެރިން މަދީނާގެ ބައެއް ތަންތަން ބަލާލުމަށް ދަތުރު ކުރާނެއެވެ.

ސިސިލްފަރުގެ އިތުރުން ޔޫއެސް ގުރޫޕްގެ 70 ޙައްޖުވެރިންވެސް ވަނީ އިއްޔެ ހަވީރު މަދީނާއަށް އައިސްފައެވެ.

މި ދެ ގުރޫޕް މަދީނާއަށް އައުމުން މިއަހަރު ޙައްޖަށް އައި ދިވެހި ހުރިހާ ގުރޫޕެއް މަދީނާއަށް އައިސް ނިމުނީއެވެ.




މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 1480 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429