ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1431  

ޙައްޖުވެރިން މަދީނާ ދަތުރު ނިންމާލައިފި

6 ނޮވެމްބަރ 2010

 : 


06 ނޮވެމްބަރ 2010 މަދީނާ:

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައި ދިވެހި ޙައްޖުވެރިންގެ ހުރިހާ ގުރޫޕެއްވެސް މަދީނާއަށް ދަތުރުކޮށް ނިމިއްޖެއެވެ.

މިގޮތުން މަދީނާއަށް އެންމެ ފަހުން ޒިޔާރަތް ކޮށްފައިވަނީ ސިސިލްފަރު ގުރޫޕްގެ ޙަވާލުގައި އައި 250 ޙައްޖުވެރިންނާއި ޔޫއެސް ޖަމާޢަތުގެ 70 ޙައްޖުވެރިންނެވެ.

ސިސިލްފަރު ޖަމާޢަތުގެ ޙައްޖުވެރިންވަނީ މިމަހުގެ 4 ވީ ބުރާސްފަތި ދުވަހުގެ ޢަޞްރު ފަހުން އުޙުދު ހަނގުރާމަހިނގި މައިދާނަށާއި ޤުބާ މިސްކިތަށް ޒިޔާރަތް ކޮށްފައެވެ. ޙައްޖުވެރިން އެދުވަހުގެ މަޣްރިބު ނަމާދު ކޮށްފައިވަނީ ޤުބާ މިސްކިތުގައެވެ.

5 ބަހުގައި ޙައްޖުވެރިންނާއެކު ކުރި މި ޒިޔާރަތުގައި އިރުޝާދާއި މަޢުލޫމާތު ދިނުމަށް މަދީނާގެ އިސްލާމިކް ޔުނިވާސިޓީގެ ދިވެހި ކިޔަވާކުދިން ތިއްބެވިއެވެ.

ސިސިލްފަރު ގުރޫޕްގެ ޙައްޖުވެރިން މައްކާއަށް ދިޔުމަށް ފުރާފައިވަނީ މިމަހުގެ 5 ވީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

މީގެ އިތުރަށް މިއަހަރު ދިވެހި ޙައްޖު މިޝަންގެ ރައީސް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ނައިބު ފަޟީލަތުއްޝައިޚް އަޙްމަދު ފާރޫޤްވެސް މަދީނާއަށް ވަޑައިގެންނެވިއެވެ.
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 2820 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429