ފުރަތަމަ ޞަފްޙާ | ޙައްޖުވެރިންގެ ޚަބަރު | ޙައްޖު - ޤުރްއާނުގައި | ޙައްޖު - ސުންނަތުގައިޙައްޖު ކުރާނެ ގޮތްލިޔުންއިރުޝާދުސުވާލާއި ޖަވާބު

 
 

  ##siteName##


 ޙައްޖު 1431  

އަމީރުލްޙައްޖު މަދީނާގައި

10 ނޮވެމްބަރ 2010

 : 


10 ނޮވެމްބަރު 2010 - މަދީނާ:

1431 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައި ދިވެހި ޙައްޖުވެރިންގެ އިސްވެރިއެއްގެ ގޮތުން ދިވެހި ސަރުކާރުގެ ފަރާތުން ވަޑައިގެންނެވި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ ރޭ އިރާކޮޅު ވަގުތެއްގައި މަދީނާއަށް ވަޑައިގެންނެވިއެވެ.

މިނިސްޓަރ ޑރ ޢަބްދުލްމަޖީދުގެ ދެކަނބަލުން މަދީނާއަށް ވަޑައިގެންނެވިއިރު، ހުންނެވުމަށް ހަމަޖެހިފައިވާ ހޮޓަލުން މަރުޙަބާ ދެންނެވީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ތަޢުލީމު ޙާޞިލްކުރާ ދިވެހި ބައެއް ކުދިންނެވެ.

މިނިސްޓަރުގެ އަރިހުގައި ރިޔާޟްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބެސީގެ މުސްތަޝާރުވެސް މަދީނާއަށް ވަޑައިގެންނެވިއެވެ.

މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވަނީ މިއަދު މަދީނާގެ އިސްލާމިކް ޔުނިވާސިޓީ އަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުގައި ޔުނިވާސިޓީގެ ބައެއް ފެކަލްޓީ ތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައިވެއެވެ.

މިނިސްޓަރ ޑރ ޢަބްދުލްމަޖީދު އެނބުރި މައްކާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާ 11 ނޮވެމްބަރ 2010 ވާ ބުރާސްފަތި ދުވަހުގައެވެ.
މިހާތަނަށް މި ލިޔުން ކިޔާފައިވަނީ 3085 ފަހަރު

 
 
 

 

 
 
 

ކުރީ އަހަރުތަކުގެ ޚަބަރު އާކައިވް:
ޙައްޖު 1431
ޙައްޖު 1430
ޙައްޖު 1429